ވިލިމާލެ، މާލެ، ގުޅިފަޅު އަދި ތިލަފުއްޓަށް ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރަން ސްޓެލްކޯ އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރަން ހަވާލުކުރީ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ޓީބީއީއޭ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ ޒަންގް ޝިންއެވެ.
ސްޓެލްކޯ އިން ބުނީ، އެ އެއްބަސްވުގެ ދަށުން 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއްވެސް މާލެ ސަރަހައްދުގައި ހަދާނެ ކަމަށެވެ. އަދި މި މަޝްރޫއަކީ ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އަދި ބޮޑު މަޝްރޫއު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.