ޚަބަރު

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ފުލުހަކު ނިޔާވެއްޖެ

އަލީ އިހްސާން

1

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ފުލުހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ.ކުޅުދުއްފުށީ ދިލާވަރު- މިރިހި، އުމުރުން 31 އަހަރުގެ ސިމްރާހު އަލީއެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ މިރޭ 11:30 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝިމްރާހު މިއަދު ހެނދުނު ޑިއުޓީ އޮތް ނަމަވެސް ބޮލުގައި ރިއްސާތީ ހަވީރު ޑިއުޓީއަށް ބަދަލުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި ހަވީރު ޑިއުޓީ ގަޑި ޖެހުމުގެ ކުރިން ސްޓްރޯކް ޖެހިގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟