ނޭޝަނަލް ކައުންޓާ ޓެރެރިޒަމްގެ ޓުވިޓާ އެކައުންޓް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ (އެންސީޓީސީ) އިން މިއަދު ބުނީ އެސެންޓަރުގެ ޓްވިޓާ އެކައުންޓަށް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން ސެކިއުރިޓީ ރަނގަޅު ކުރަމުން ގެންދާކަމަށާއި، މިވަގުތު އެކައުންޓުގެ ހިދުމަތް މެދުކަނޑާލެވިފައިވާ ކަމަށެވެ.
އެހެން ނަަމަވެސް ކުރިއެކޭ އެއްފަދައިން އެން.ސީ.ޓީ.ސީގެ ހޮޓްލައިންއާއި، އީމެއިލް އަދި ވެބްސައިޓް މެދުވެރިކޮށް އެސެންޓަރާ މުއާމަލާތް ކުރެވޭނެކަމަށް ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ބުނެއެވެ.