ޚަބަރު

ވޭޕް ވިއްކާ ފަރާތްތަކަށް 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް

އިބްރާހިމް ޒަކީ

ވޭޕް މަނާ ކުރުމަށްފަހު، ވޭޕްގެ ސާމާނު ރާއްޖެއަށް އެތެރެކޮށް، ވިއްކާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ގާނޫނޫ އިސްލާހު ކުރަން ނިންމައިފިއެވެ.

‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ނިންމަވައިފައެވެ.

އެ ނިންމެވުމާ ގުޅިގެން ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެޓާނީ ޖެނެރަލް އޮފީހުން، ޑްރާފްޓް ކުރަމުން އަންނަ ބިލްގައި، ވަނީ ވޭޕް ބޭނުންކޮށްފި މީހަކު 5,000 ރުފިޔާއިން ޖޫރިމަނާކުރަން ހިމަނައިފައެވެ. ވޭޕް ވިއްކައިފި މީހަކު، ނުވަތަ ހިލޭ ބަހައިފި މީހަކު، ވިއްކި ނުވަތަ ހިލޭ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20,000 ރުފިޔާއިިން ޖޫރިމަނާ ކުރުމަށް ހިމަނައިފައެވެ.

އޭގެ އިތުރުން ވޭޕް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ކުޑަކުދީންނަށް ވިއްކި ނުވަތަ ދިން މީހަކު 50,000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.