ޚަބަރު

ފ. އަތޮޅުގެ ކުރީގެ މެންބަރު އަބްދުލްގަފޫރު އަވަހާރަވުމާ ގުޅިގެން މަޖިލީހުން ސުކޫތެއް ގެނެސްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ ކުރީގެ މެންބަރު އަބްދުލްގަފޫރު އިބްރާހިމް އަވަހާރަވުމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ.

ގަފޫރު އިއްޔެގެ ވަގުތެއްގައި އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަނިކޮށެވެ. އޭނާ ގެންދެެވީ ކިޑްނީގެ ބައްޔަށްވެސް ފަރުވާ ހޯއްދަވަމުންނެވެ.

އަބްދުލްގަފޫރު އަވަހާރަވިއިރު އުމުރަކީ 68 އަހަރެވެ.

އަބްދުލްގަފޫރު އަވަހާރަވުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެ މަޖިލީހުގެ ރައީސް އާއި މެންބަރުންގެ ނަމުގައި އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަބްދުލްގަފޫރު ކުރެއްވީ 27 ފެބްރުއަރީ 2005 އިން 17 މޭ 2009 އަކަށެވެ.