ޚަބަރު

ޒުވާނުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އަލީ އިހްސާން

ޒުވާނުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފު ވިދާޅުވީ، ޒުވާނުންގެ ވަޒީރަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވަން ނިންމެވި ޒުވާނުންގެ ގައުމީ މަޖިލިސް މިއަދު އެކުލަވާލެވިފައިވާ ކަމަށާއި އެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާ ކަމުގައެވެ.

ޒުވާނުންނާ ގުޅުން ހުރި ކަންކަމުގައި ޔޫތު މިނިސްޓަރަށް ލަފާދިނުމަށް އެކުލަވާލި، ޒުވާނުންގެ ގައުމީ މަޖްލީހުގެ މެންބަރުގެ ތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ޒުވާނުގެ ގައުމީ މަޖިލީހުން ވަނީ ފުރުސަތު ދީފައެވެ.