ޚަބަރު

ފ. އަތޮޅުގެ ކުރީގެ މެންބަރު އަބްދުލްޣަފޫރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ ކުރީގެ މެމްބަރު އަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ޣަފޫރު މިއަދުގެ ވަގުތެއްގައި އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަނިކޮށެވެ. އޭނާ ގެންދެެވީ ކިޑްނީގެ ބައްޔަށްވެސް ފަރުވާ ހޯއްދަވަމުންނެވެ.

އަބްދުލްޣަފޫރު އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.

އަބްދުލްޣަފޫރު އަވަހާރަވުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެ މަޖިލީހުގެ ރައީސް އާއި މެންބަރުންގެ ނަމުގައި އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުުކަން އަބްދުލްޣަފޫރު ކުރެއްވީ 27 ފެބްރުއަރީ 2005 އިން 17 މޭ 2009 އަކަށެވެ.