ޚަބަރު

ފުލުހުންގެ ޔުނީފޯމްގައި އެ ފުލުހެއްގެ ސާވިސް ނަންބަރު ޖަހަން ނިންމައިފި

އަލީ އިހްސާން

ފުލުހުންގެ ޔުނީފޯމްގައި އެ ފުލުހެއްގެ ސާވިސް ނަންބަރު ޖަހަން ނިންމައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޔުނީފޯމްގައި އެ ފުލުހެއްގެ ސާވިސް ނަންބަރު ޖަހަން ނިންމި ނިންމުމަކީ، ފުލުހުންގެ ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން ނިންމި ވަރަށް ކުޑަ ނަމަވެސް ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. ހަމީދު ވިދާޅުވީ ކޮންމެ ފުލުހަކަށްވެސް ތަފާތު ވަކި ނަންބަރެއް އޮންނާނެ ކަމަށާއި، ޒިންމާދާރު ކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަށް ކޮންމެ ފުލުހެއްގެވެސް އައިޑެންޓިޓީ ވަރަށް މުހިންމަށެވެ.

އާންމުންނަށް ފެންނަ ގޮތަށް ޔުނީފޯމުގައި ފުލުހުންގެ ސާވިސް ނަންބަރު ޖެހުމުން ގަވާއިދާ ހިލާފަށް އަމަލުކުރާ ފުލުހުންގެ ޝަކުވާ ހުށަހަޅަން އާންމުންނަށް ފަސޭހަ ވެގެންދާނެއެވެ.