"ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު މިއަދު މެންދުރުފަހު އެމެރިކާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލަވަދާއު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންްސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.
އިންޑިއަން ޕެސިފިކް އޯޝަންގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ މި "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ހަވާއީގައެވެ.
މި ދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ސާޖަންޓް މޭޖަރ ހަސަން ފަޔާޒް ބައިވެރިވެވަޑައިގަންނަވައެވެ.