ފޮރިން މިނިސްޓްރީ

ރާއްޖޭގައި ނެދަލޭންޑްސްގެ އޮނޮނަރީ ކޮންސިއުލް ހިންގުމުގެ ހުއްދަ ދީފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި ނެދަލޭންޑްސްގެ އޮނޮނަރީ ކޮންސިއުލް ހިންގުމުގެ ހުއްދަ ދީފިއެވެ.

ރާއްޖޭގައި ނެދަލޭންޑްސްގެ އޮނޮނަރީ ކޮންސިއުލް ހިންގުމުގެ ހުއްދަ ދިންކަމުގެ ލިޔުން ރާއްޖެއަށް ކަނޑައަޅަފައި ހުންނަ ނެދަލޭންޑްސްގެ އޮނޮނަރީ ކޮންސިއުލާ ސަންޖޭ ބަންސާލްއާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މިލިއުން ބަންސާލްއާއި ހަވާލުކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ނެދަލޭންޑްސްގެ އޮނޮނަރީ ކޮންސިއުލް ރާއްޖޭގައި ހިންގުމުގެ ހުއްދައާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އަދި ނެދަލޭންޑްސް އިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން އެހީތެރިވެވޭނެ މަގު މިކަމުން ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.