ޚަބަރު

ހަލީލް އާއި ޖައިންޝަންކަރު ބައްދަލު ކުރައްވައިފި

ރައިސިނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހަލީލު، ޖައިޝަންކަރުއާ ބައްދަލުކުރެއްވީ ރައިޒީނާ ޑައިލޮގުގެ ހަވާސާގެ ތެރެއިންނެވެ.

ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. މާބޮޑު ތަފުސީލެއް ނުދެއްވައެވެ.

ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ކުރިއަށް ގޮސްފައިވާ ހިސާބަށް ދެ ބޭފުޅުން އަލިއަޅުވާލެއްވި ކަމަށެވެ.

ރައިޒީނާ ޑައިލޮގަކީ އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަން އާއި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ އެކި ގަމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ބޮޑު މަހާސިންތާއެކެވެ.