ރައީސް އޮފީސް

އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް ނާޒިމާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް މއ. އެރިޒޯނާ މަރިޔަމް ނާޒިމާ އައްޔަނު ކުރައްވައިފިއެވެ.

މަރިޔަމް ނާޒިމާ އަކީ މީގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަންކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ނާޒިމާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް ހިމެނެއެވެ.

މަރިޔަމް ނާޒިމާ ވަނީ އިންޑިޔާގެ ނިއު ދިއްލީއިން މާސްޓަރސް އިން ހިއުމަން ރިސޯސަސް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ހާސިލު ކުރައްވައި، އޮސްޓްރޭލިއާއިން ބެޗެލަރ އޮފް ކޮމަރސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ހާސިލްކުރައްވާފައެވެ.