ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދިނުމަށް "ރައްޔިތުންނާ އެކު" ނަމުގައި ޕޮޑްކާސްޓެއް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއް ބުނީ އެ ޕޮޑްކާސްޓް އޮންނާނީ މިއަދު މެންދުރު 1:00ގައި ކަމަށެވ. ޕޮޑްކާސްޓް ގެނެސްދޭނީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ މިއީ އެ ޕްޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ކަމަށެވެ.
އެ ޕޮޑްކާސްޓު ހުށަހަޅައިދެނީ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަދި ތައުލީމީ ހިދުމަތްތެރިޔާ އަހުމަދު ޝަކީބު (ޝަކީއްބެ)އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒުގެ ޕޮޑްކާސްޓް ފަށަން ނިންމާފައިވާ އިރު، ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ އެ މަނިކުފާނު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށަން ވަނީ ނިންމައިފައެވެ.