މާދަމާ ހެނދުނު 6:00 އިން 7:00 އަށް މާލެ އާއި ހުޅުމާލެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ކޮންމެހެން މުހިންމު ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޓް ނެޓްވޯކުގެ މަސައްކަތެއް މާދަމާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"11 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އާއި 7:00 އާ ދެމެދު ހުޅުމާލެ އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް،" ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.