މާލޭގެ މަޖީދީ މަގުގައި އަނިޔާތަކަކާ އެކު އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ރޭ 1:25 އެހާކަންހާ އިރު މަޖީދީ މަގުގައި ހުންނަ "ސޮރީ ބޯއިސް" ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިއަދު 6:19 އެހާކަންހާ އިރު، އެ މީހާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި އޭނާއަށް އަނިޔާ ލިބުނު ގޮތެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.