މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް ޖެންޑާ މިނިސްޓްރީން ފުލުހުންނާ ބައްދަލުކުރި އިރު، އެ މިނިސްޓްރީއާ ގުޅުން ހުރި ދާއިރާތަކާ ގުޅޭ ސީރިއަސް މައްސަލަތަކެއް މި ފަހަކަށް އައިސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ މައްސަލަތައް ސީރިއަސް ކަމާ އެކު ވީ އެންމެ އަވަހަކަށް ބައްލަވަން މަސައްކަތް ކުރައްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ވިދާޅުވެފަ އެވެ.