އުރީދޫ މޯލްޑިވްސް އިން ފާހަގަކުރާ ކަސްޓަމަރުންގެ ދުވަހުގައި ސީނިއާ މެނޭޖުމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންނާއި ޕާޓްނަރުންނާ ބައްދަލުކޮށްފިއެވެ.
އުރީދޫން ބުނީ، ކުންފުނީގެ އަގުހުރި ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުން ކަމަށްޓަކައި އިއްޔެގެ އެކި ވަގުތުތަކުގައި އެ ކުންފުނީގެ ސީނިއާ މެނޭޖުމަންޓާއި ޑިޕާޓްމަންޓްގެ އިސްވެރިން ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ޒިޔާރަތްކުރި ކަމަށެވެ. އަދި އެ ޒިޔާރަތްތަކުގައި ކަސްޓަމަރުންނާ އަމިއްލައަށް ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އިވޭކަން ކަށަވަރުކުރި ކަމަށްވެސް ބުންޏެވެ.
އުރީދޫން ބުނީ އެ ޒިޔާރަތްތަކުގައި ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، އުރީދޫގެ ބިޒްނަސް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ އާ ގޮތްތައް ދެނެގަނެފައިވާ ކަމަށެވެ.
އޭގެ އިތުރުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ، ހޭންޑްސް އޮން ސޮލިއުޝަންތައް ހުށަހަޅައި، ބޭނުންކުރާ ފަރާތްތަކުގެ އަގުހުރި ފީޑްބެކްތައް އަޑު އަހައިފައެވެ. އަދި ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އަމިއްލަ މުއާމަލާތްތައް މެދުވެރިކޮށްވެސް ކަސްޓަމަރުންނާ ގުޅުމަށް އުރީދޫން ކުރަމުން އަންނަ އަހައްމިއްޔަތުކަން އޭނާގެ އެންގޭޖުމަންޓުން ވަނީ ފާހަގަކޮށްފައެވެ.
އުރީދޫން ބުނީ، ކަސްޓަމަރުންގެ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ހިންގި ހަރަކާތުގެ ސަބަބުން ކަސްޓަމަރުންނާއި ޕާޓްނަރުންނާއެކު ގާތް ގުޅުމެއް ބާއްވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށްދޭ ކަމަށެވެ.
އަދި އަމާޒަކީ ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ފްރަންޓްލައިން އިން ސީދާ މައުލޫމާތު އެއްކޮށްގެން، އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކޮށް، މުޖުތަމައުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައި ދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށްވެސް ބުންޏެވެ.