މޭކަޕް ކުރާއިރު، ފައުންޑޭޝަނާއި ކޮންސީލާ އަދި ބައެއް ފަހަރު ފުށާއި ބްލަޝްވެސް ހޭކުމަށް ބޭނުންކުރާ ޓޫލެއް ކަމަށްވާ ބިއުޓީ ބްލެންޑަރަކީ މޭކަޕް އާޓިސްޓުން މޭކަޕް ކުރާ މީހުންގެ ބެސްޓް ފްރެންޑޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.
މޭކަޕް ކުރުމަކީ މަޖާ ކަމަކަށް ވިއަސް، އޭގެ ފަހުން އެ ޓޫލްތައް ދޮވެ ސާފުކުރުމަށް ކަންނެތް ވެގެން ދެއެވެ. ބިޒީކޮށް އުޅޭއިރު ގިނަ ފަހަރު ދޮންނަން މަސައްކަތަށް މޭކަޕް ޓޫލްސްތައް ބޭނުން ކުރެވެނީ ނުދޮވެއެވެ. އޭގެ ސަބަބުން މޫނުގެ ހަންގަނޑަށް ގިނަ ގެއްލުންތަކެއް ވެއެވެ.
މި އާޓިކަލުގައި މި ބަލައިލަނީ ބިއުޓީ ބްލެންޑާ ފަސް މިނިޓް ތެރޭގައި ދޮވެ ސާފުކޮށްލެވޭނެ ފަސޭހަ ގޮތަކަށެވެ. ފޮލޯ ކުރަންޖެހޭނީ އެންމެ ތިން ސްޓެޕެކެވެ.
ކުރިން ބުނި ގޮތްތައް ނޫން ގޮތަކަށްވެސް ބްލެންޑާ ސާފު ކުރެވިދާނެއެވެ. ޝޭޕްމޫއާއި ފެން މިކްސް ކުރުމަށްފަހު ބައުލްއަކަށް އަޅައި އޭގެ ތެރެއަށް ސްޕޮންޖު ލާށެވެ. އަދި ސްޕޮންޖު އެކީގައި ފޯކޮށްލާށެވެ. ސްޕޮންޖު ލާފައި ހުރި ތަށްޓާއެކު މައިކްރޯވޭވަށް ލައި އެއް މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށް ފަހު ސްޕޮންޖު ނެގުމަށްފަހު ދޮވެލާށެވެ.
މިހާރު ބްލެންޑާ ހުންނާނީ ރީއްޗަށް ސާފުވެފައެވެ.