ރާއްޖެ އާއި އިންޑިއާ ދެމެދު ކަރަންސީ ސްވޮޕް އެގްރީމަންޓާއެކު ފަސް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދުއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ ކަރަންސީ ސްވޮޕް އެގްރީމަންޓެވެ. އެ އެގްރީމަންޓަކީ މަރުކަޒީ ބޭންކް އެމްއެމްއޭ އާއި އިންޑިއާގެ ރިސާވް ބޭންކާ ދެމެދު ވެވުނު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ އެގްރީމެންޓެކެވެ.
"ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024" ގެ ދަށުން އެމްއެމްއޭއަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެކަމަށް ސަރުކާރުން ބުންޏެވެ.