ރޯދަމަސް

ރޯދަމަހުގެ ސާދަވަނަ ދުވަސް: ބާޒާރުގެ އަގުތައް އެއްވަރެއްގައި، ތަކެތި ތިޔާގި

މުހައްމަދު އައުޒަމް

ރޯދަމަހުގެ ތޭރަވަނަ ދުވަހާ ކުރިމަތިލިއިރު ބާޒާރުގެ އަގުތަކަށް ބަދަލުނައިސް އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ފަނިގިރާ ބާވަތްތަކަށް ބަލާއިރު ކަރާ ކިލޯއެއް 25ރ އަށް މިއަދު ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ. މިދިޔަ ހަފްތާގައި ކަރާގެ އަގު ހެޔޮވެ 18ރ އާއި 25ރ އާއި ދެމެދަށް އަގު ދަށްވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަނބުވެސް ބާޒާރުގައި ގިނަކަން ފާހަގަ ކޮށްލެވެއެވެ. ދިވެހި އަނބު 100 އަށް ބައެއް ލިބެން ހުރިއިރު އަނބު ބައެއްގައި 6 އަނބު 8 އަނބު ހުރިކަންފާހަގަ ކޮށްލެވެއެވެ. ދިވެހި އަނބު 150ރ އަށް ކިލޯ ލިބެން ހުރިއިރު ބޭރު އަނބު 80ރ އަށް ކިލޯ ލިބެއެވެ.

ކަނޑުމަހުގެ ބާވަތްތަކަށް ބަލާއިރު މިއަދު މަސްމާރުކޭޓުގައި ވެސް އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަ ކޮށްލެވެއެވެ. ކަންނެލި 30ރ އަށް ކިލޯ ލިބެން ހުރިއިރު ކަނޑުމަސް ލިބެންހުރީ 35ރ އަށެވެ. އަދި ކުދި ލައްޓި 10ރ އަށް ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހެނދުނު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:

1. ކަރާ 25ރ ކިލޯ
2. ލެޓިޔުސް 50ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 480ރ ، 600ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 40ރ ކިލޯ
8. ކާއްޓެއް 05ރ އާއި 15ރ އާ ދެމެދު
9. ގަބުޅި 10ރ ، 20ރ
10. ކުރުނބާ 10ރ އަދި 30ރ
11. ފޭރު 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 45ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 5ރ ބޮނޑިއެއް
17. ކެޕްސިކަމް 65ރ ކިލޯ
18. ކެބެޖް 50ރ ކިލޯ
19. ޔޫގެންޑާ މިރުސް 90ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް ، 150ރ ކިލޯ
21. ބޭރު އަނބު 80ރ ކިލޯ
22. ދޮންކެޔޮ 2ރ، 8ރ
23. ފާގަ 50ރ ކިލޯ

މަސް:
1. ގޮދާ 35ރ ކިލޯ
2. ކަންނެލި 30ރ ކިލޯ
3. ކުދި ލައްޓި 10ރ އަށް މަހެއް
4. ދޮން ނޫމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 60ރ
7. ރިއްމަސް 20ރ އަށް 5 މަސް
8. ހަނދި 50ރ އަށް މަހެއް
9. ރެހި 20ރ ޖޯޑެއް