ކޮޅުވެއްޓިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްފާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލ. މާވަށުގައި ބަނދަރުކޮށްފައި އޮތް ކޮޅުވެއްޓިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު ތިނެއްޖަހާ އެހާކަންހާއިރު ކަމަށެވެ.
އަދި އެއީ ގުދުރަތީމަރެއް ކަމަށާއި، މަރުވެފައި އޮތީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ލ. މާވަށު ކައުންސިލު މެންބަރު އާދަމް އަބްދުއްރަހުމާން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮޅުވެއްޓި އޮތީ އެރަށު ބޭރުގައި ކަމަށާއި އެރަށުގައި މަޑުކުރީ ކޮޅުވެއްޓީގައި މާވަށު ތިން މީހަކު އުޅޭތީ ކަމަށެވެ.
ކޮޅުވެއްޓި އެރަށަށް ބަނދަރުކުރީ އެސަރަަހައްދަށް ކުރި ދަތުރެއްގައިކަން އެނގިފައިވާކަމަށް އާދަމް ވިދާޅުވިއެވެ. އާދަމް ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު އެރަށަށް ނުބާލާ ކަމަށާއި ކޮޅުވެއްޓި މިހާރު ފުރައިގެން ގޮސްފި ކަމަށެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ބ. އޭދަފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރު ނިއުމާ އަހުމަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ޓަގު ބޯޓެއްގައި ނިޔާވެފައިވަނީ އެރަށު ގުލިސްތާނުގެ، އަހުމަދު ނަސީމު 59އ. ކަމަށެވެ.