ޚަބަރު

ގުރުއާން ހިތުދަސްކުރި 28 ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލް ދީފި

ފާތިމަތު ލިޔުޝާ

ކީތިރި ގުރުއާން ހިތުދަސްކުރި 28 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް ދީފިއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 1 އޮކްޓޯބަރު 2022 އިން 1 ސެޕްޓެމްބަރު 2024 އަށް ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އިނާމާއި ހަނދާނީ ލިޔުމާއި އަދި ރައީސްގެ ހާއްސަ މެޑަލް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ގުރުއާން ހިތުދަސް ކުރާ ހާފިޒުންނަށް އެންމެ ފުރަތަމަ ރައީސްގެ މެޑަލް ދޭން ފެށީ 2014 ގައެވެ. އެ ފަހަރު ތިން ހާފިޒަކަށް މެޑަލް ދިނެވެ. އެ އުސޫލަށް ބަދަލު ގެނެސް 2020 އިން ފެށިގެން ގުރުއާން ހިތުދަސް ކުރާ ހާފިޒުންގެ ތެރެއިން 85 ޕަސަންޓު މާކްސް ލިބިގެން އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލްއެއް ދޭން ފެށިއެވެ. އެ މެޑަލް ދެމުން އައީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ދެވަނަ އަދި ތިންވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ މެޑަލް ދެމުން ދިޔައީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައެވެ. ނަމަވެސް މި އަހަރު ވަނީ އެ އުސޫލު އުވާލައި، ގުރުއާން ހިތުދަސްކުރާ ކޮންމެ ފަރާތަކަށް ހާފިޒުކަމުގެ ސަނަދު ދިނުމަށް ނިންމައިފައެވެ.

ކީތިރި ގުރުއާން ހިތުދަސްކުރި ހާފިޒުން:

  • އަލްހާފިޒާ ފާތިމަތުދީދީ - ޝެވިލް/ ސ. ހިތަދޫ
  • އަލްހާފިޒާ ޖަމީލާ އަލީދީދީ - ދޫޑިގަން، މައްސާގުގެ/ ޏ. ފުވައްމުލައް
  • އަލްހާފިޒާ ފާތިމަތު އިޝާ - ނިޒާމް/ ށ. މިލަންދޫ
  • އަލްހާފިޒާ ހަކީމަތު މުހައްމަދު - ފުނާޑު. ހީނާގެ/ ޏ. ފުވައްމުލައް
  • އަލްހާފިޒާ އާމިނަތު ލަތީފާ - ތިބްރޯޒްގެ، ސ. ހިތަދޫ
  • އަލްހާފިޒާ ފާޠިމަތު އަހުމަދު - ދަޑިމަގު. ގުލްދަސްތާގެ/ ޏ. ފުވައްމުލައް
  • އަލްހާފިޒު އަބްދުﷲ ރަޝީދު - އަލުއިމާގެ/ ސ. ހިތަދޫ
  • އަލްހާފިޒު އަބްދުﷲ ބިން ޔާމީން - މޫންލައިޓްހިޔާ/ ސ. މަރަދޫ
  • އަލްހާފިޒު ސައުދިއްޔާ މޫސާ - މީނާޒް/ ށ. ބިލެތްފަހި
  • އަލްހާފިޒު ސަހިއްޔާ އަބްދުލްގަނީ - ކުރިބޯށި/ ރ. މީދޫ
  • އަލްހާފިޒާ ޔުމްނާ އަބްދުލް އަޒީޒު - ފެހިގެ/ ދ. މީދޫ
  • އަލްހާފިޒު މުހައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު - ޖަވާހިރުމާގެ/ ރ. ފައިނު
  • އަލްހާފިޒު ރާހިން ބިން މުހައްމަދު - މާތޮޑާއަވަށް. ޖަގަހަ/ ގދ. ފަރެސްމާތޮޑާ
  • އަލްހާފިޒު އިޒްކާން އަޖީބް ހުސައިން - ގ. ފަރެސް
  • އަލްހާފިޒު މުހައްމަދު ހަނޫން ހުސައިން - ފަރުބަދަ/ ސ. ފޭދޫ
  • އަލްހާފިޒު އަލީ ރައީފު - ދޮންމޫނިމާ/ އއ. ތޮއްޑޫ
  • އަލްހާފިޒާ ފާތިމަތު ނަސީރާ - ނިކަގަސްދޮށުގެ/ ސ. ހިތަދޫ
  • އަލްހާފިޒު އަޒީން މުހައްމަދު - ދަޑިމަގު. ބެންހާގެ/ ޏ. ފުވައްމުލައް
  • އަލްހާފިޒު ރަސްލާން އަބްދުއްރައްޒާގް އީސާ - އަންބަރީގެ/ ރ. މީދޫ
  • އަލްހާފިޒާ ޝަބީނާ އަބްދުﷲ - އަސްވާޑު/ ގއ. ދެއްވަދޫ
  • އަލްހާފިޒު މޫނިސާ އަބްދުއްރަޙީމް - ކިނާރާ/ ނ. ލަންދޫ
  • އަލްހާފިޒު އާސިރު އާރިފް ޔޫސުފް - އަޅިވިލާގެ/ ބ. އޭދަފުށި
  • އަލްހާފިޒު އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު - މއ. ރަތްއެންދެރި
  • އަލްހާފިޒު އަބްދުﷲ ހަޔާން ހަމީޒް - ގުރަހަ/ ޅ. ނައިފަރު
  • އަލްހާފިޒު ރައްޔާން އަހުމަދު މުހައްމަދު - ދަޑިމަގު، ދޫރެސް/ ޏ. ފުވައްމުލައް
  • އަލްހާފިޒު އާއިޝަތު ސާއިބަތު މުހައްމަދު ރިކްޒާން - ފެމެލީ/ ޅ. ނައިފަރު
  • އަލްހާފިޒު ބިލާލް ބިން އަހުމަދު - ގ. ހީނާހިޔާ