ރޯދަމަސް

ރަހަ ފަތް: ކެރަމަލް ފޮޅި

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ނަމަވެސް މިޒަމާނުގެ ރަހަތައްވެސް ދިވެހިން ތަޖުރިބާކުރެއެވެ.

އެގޮތުން ކެރަމަލް ފޮޅިއަކީ ވެސް ވަރަށް ކަމުދާ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

10 ބިސް

1 ދަޅު ގެރިކިރު

2 ސަމުސާ ހަކުރު

2 ސަމުސާ ވެނީލާ އެސެންސް

1 ސަމުސާ ކޯންފްލާ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްތައް ތަޅައި ތައްޓަކަށް އަޅާށެވެ. އެއަށްފަހު ބިހާއި، ކިރާއި، ކޯންފްލާ، ހަކުރު، މިކްސަރަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށްލުމަށްފަހު ފުށްގަނޑުގެ ތެރެއަށް އެސެންސް އަޅައި ސަމުސަލުން ރަނގަޅަށް ގިރާށެވެ.

ދެން ތަވައިގައި މާޖިރިން ނުވަތަ ބަޓަރުކޮޅެއް ހާކާލުމަށްފަހު މަޑުގިނީގައި ފަހަރަކު ފޮޅިއެއް ފިހާށެވެ. ކޮންމެ ފޮޅިއެއްވެސް ފިހެވުމުން އޮޅާލާށެވެ.