ޚަބަރު

ޗިކުންގުންޔާ ޖެހުނު ކުޑަ ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓްވެ ހާލު ސީރިއަސްވެފައި

ޗިކުންގުންޔާ ޖެހުނު ކުޑަ ދެ ކުއްޖެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށް ބުނެފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓް ވެގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ ދެ ކުދިންނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ވެސް ޑޮކްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ދެ ބަލި ކަމަށްވާ ޗިކުންގުންޔާ އާއި ޑެންގީ ޖެހޭ މިންވަރު މިދުވަސްކޮޅު އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެހެންކަމުން އެކަން ކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.