"މައިސެލާ ވޯޓާ" އަކީ ރީތިވުމުގައި ބޭނުން ކުރުން މުހިއްމު އެއްޗެއްގެ ގޮތުގައި ބިއުޓީ ބްލޮގަރުންނާއި ހަމުގެ އެކްސްޕާޓުން ފަހަކަށް އައިސް އަންނަނީ ޕްރޮމޯޓްކުރަމުންނެވެ.
ހަމަށް އޭގެން ނުހަނު ފައިދާ ވާކަމަށް ބުނާއިރު، އެއީ ދަތުރު މަތީގައިވެސް ފެން ނުލިބޭ ހިނދެއްގައި މޫނު ސާފުކުރުމަށް އެންމެ ބޭނުން ތެރި އެއް ޕްރޮޑަކްޓެވެ.
މައިސެލާ ވޯޓާއަކީ ފެނާއި މައިސެލްސް އިން އުފައްދާފައިވާ އެއްޗެކެވެ. މައިސެލްސް އަކީ ފެނުގެ މަތީގައި އުޅޭ ކުދި ކުދި ތެޔޮ ބޯޅަތަކެވެ. މައިސެލްސް އިން ކުންޏާއި ތެޔޮ އެއަށް ދަމާކަމަށް ވާތީ މި ފެނުން މޫނު ސާފު ކުރުމުން މޫނު އޮމާންވެ ހައިޑްރޭޓްވެގެންދެއެވެ. މި ފެނަކީ ތެލާއި ފެން އެކުގައި އުފައްދާފައިވާ އެއްޗެއް ކަމުން ފޭސް ވޮޝްއެއްގެ ގޮތުގައިވެސް މި ބޭނުން ކުރެވޭއިރު، މޭކަޕް ރިމޫވްކުރުމަށާއި މޮއިސްޗަރައިޒަރެއްގެ ގޮތުގައިވެސް ބޭނުން ކުރެވެއެވެ.
މައިސެލާ ވޯޓާ އަކީ "އޯލް އިން ވަން ޓޯޓަލް ސްކިން ކެއާ"އެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ފެނުގެ މުހިންމުކަމުން މިހާރު ބޮޑެތި ގިނަ ބްރޭންޑްތަކުންވެސް މި ފެން ވިއްކައެވެ.
މި ފެން ބޭނުން ކުރުމަށް ކަފަ ކޮޅަކަށް ފެން އެޅުމަށްފަހު ވަށްކޮށް ވާހެން މޫނުގައި ހާކާލާށެވެ. މިއީ މޭކަޕް ފުހުމަށާއި، މޮއިސްޗަރައިޒް ކުރުމަށްވެސް ބޭނުން ކުރެވޭނެ ގޮތެކެވެ. މީގެ އިތުރުން ސްޕްރޭ ކުރާ އެއްޗަކަށް ފެން އެޅުމަށްފަހު މޫނަށް ސްޕްރޭވެސް ކުރެވިދާނެއެވެ.
މުހިންމު އެއް ނުކުތާ ފާހަގަ ކޮށްލާނަމެވެ. މައިސެލާ ވޯޓާއިން ވޯޓާ ޕްރޫފް މަސްކަރާ އަދި މާ ގަދައަށް މޭކަޕް ނުވަތަ ފައުންޑޭޝަން ހާކާފައިވާނަމަ އެ ފިލުވަން އުނދަގޫވެދާނެއެވެ. އެހެންކަމުން މިހާލަތްތަކުގައި ނޯމަލް ފޭސްވޮޝްއެއް ނުވަތަ މޭކަޕް ރިމޫވާއެއް ބޭނުން ކުރުން މުހިންމެވެ. ބިހި ނަގާނަމަ ބިހިން ރައްކާތެރިވާ ފޭސް ވޮޝްއަކުން މޫނު ދޮވުމަށްފަހު މައިސެލާ ވޯޓާ މޫނުގައި ބޭނުން ކޮށްލެވިދާނެއެވެ.