ދިރާގުގެ 36 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފާތައް އިއުލާންކުރައްވައި އެ ކުންފުނީގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދީ، ޑިޖިޓަލް މުސްތަގުބަލުގައި ކުރިއަށް ދެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ދިރާގަށް ކަސްޓަމަރުން ކުރާ އިތުބާރާއި އެ ކުންފުނީގެ ހިއްސާދާރުންނާއި ޕާޓްނަރުންނާއި ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށްވެސް މިރްޝާން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
- ކޮންމެ ދުވަހަކު އައިފޯން 16 އެއް: ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުވަތެއްގައި މި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކަށް އައިފޯން 16 އެއް ދޭނެ
- ޑަބަލް ދަ ޗާންސް: 16 ސެޕްޓެންބަރުން ފެށިގެން މި މަހުގެ ނިޔަލަށް ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގައި އެންރޯލްކުރާ ފަރާތްތަކަށް އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާ އެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ދެގުނަ ވެގެންދާނެ
ހިލޭ ދަތުރެއް: މި މަހު ދިރާގުން ކުރިއަށްގެންދާ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓެއްގައި ހަތް ރައްޓެހިންނާއެކު ހިލޭ ދަތުރެއް ދިއުމުގެ ފުރުސަތު ލިބޭނެ
ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 350 ރުފިޔާ އަދި މަތީގެ އެޑް-އޮންއެއް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ބޫސްޓަރެއް ނުވަތަ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ފަރާތްތަކަށް ދިރާގު އެޕް މެދުވެރިކޮށް 'ސްކްރެޗް އެންޑް ވިން' ހިލޭ ޑޭޓާ އިނާމު ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ހަފުތާ ބަންދު ތެރޭގައި އައިފޯން 15 ޕްރޯ، ދިރާގު 5ޖީ ޓާބޯ ވައިފައި ޑިވައިސް ފަދަ ހާއްސަ އިނާމުތައް ލިބިގެންދާނެއެވެ.
ދިރާގު ޕޯސްޓްޕެއިޑް 750 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަށް ބޭނުންކުރާ ކަސްޓަމަރުންނަށް މެއި 2025ގެ ނިޔަލަށް ހިލޭ ސޮނީލިވް ޕްރިމިއަމް އެކްސެސް ލިބިގެންދާނެއެވެ.
ދިރާގުގެ ވަން ސްޓޮޕް ޝޮޕް ގޭމިން ޕްލެޓްފޯމްކަމަށްވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް މި މަހު ރަޖިސްޓްރީވާ ގޭމަރުންގެ މެދުގައި ނަގާ ގުރުވަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހިލޭ ގޭމިންގް ޕީސީއެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މޮނީޓަރު، ކީބޯޑު، މައުސް އަދި މައުސް ޕެޑް ހިމެނޭނެއެވެ.
މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު https://bit.ly/47QL9iP އިން ލިބޭނެއެވެ.