ޚަބަރު

282 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

1

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި 282.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ވަނީ 158.8 ކިލޯގެ މަސްތުވާތަކެއްޗާއި 5،252 ފުޅި ބަނގުރާ އަތުލައިގެންފައެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 282.2 ރުފިޔާއަށް އަރާ ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

ޑީއީޑީގެ 8 މަހުގެ މަސައްކަތްތައް:

  • ބަލައިފާސްކުރި މީހުންގެ އަދަދު - 8،554
  • ހައްޔަރުކުރި މީހުންގެ އަދަދު - 712
  • ހިންގުނު އޮޕަރޭޝަންސް - 113
  • އިމިގްރޭޝަންއާ ހަވާލުކުރި ބިދޭސީން - 80

ފުލުހުން ބުނީ، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ޑީއީޑީއަށް 475 މައްސަލަ ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން 230 މައްސަލައެއްގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އަށް ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟