މުދާ އުފުލާ ދޯންޏެއްގައި ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ދ. ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި މިއަދު ހެނދުނު 6:30 ހާއިރު އަލިފާން ރޯވެގެން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.