ދިރާގު ޕޯސްޓްޕެއިޑް 1000 ޕްލޭނާއި އެއަށްވުރެ މަތީގެ ޕްލޭނާ އެކު ދިރާގު ކަސްޓަމަރުންނަށް މުޅިން އާ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ މި ޕްލޭންތަކާ އެކު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަގެއްގައި އިތުރު ޑޭޓާ ލިބި، ލިމިޓެޑް ސޯޝަލް މީޑިއާ ޑޭޓާ، ކޯލް އަދި އެސްއެމްއެސްގެ ބޭނުން ހިފޭނެ ކަމަށެވެ. އަދި ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބުންޏެވެ.
ދިރާގު ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑް ކުރެވޭނެއެވެ. މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު http://bit.ly/3lqQGbJ ލިބޭނެއެވެ.
ދާދި ފަހުން ދިރާގުން ވަނީ ޕޯސްޓްޕެއިޑް 400 ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޔަމަހާ 175 އެޗްޕީގެ ދެ އިންޖީނާ އެކު އަލް ޝާލީ މެރިން، މެގެލަން 32 ބޯޓެއްގެ މެގަ އިނާމު ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.
މީގެ އިތުރުން ފައިބާ ބްރޯޑްބޭންޑް 30 އެމް ނުވަތަ އެއަށްވުރެ މަތީގެ ޕެކޭޖްތައް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި ޕްރީޕެއިޑް ޕްލޭންތަކުން 400 ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ ރުފިޔާ ރީޗާޖް ކުރާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯގައި ބައިވެރިވެވޭނެއެވެ. އަދި މިހާރު ތިބި ކަސްޓަމަރުންނާއި އަލަށް އަންނަ ކަސްޓަމަރުން 15 ޑިސެމްބަރު 2024 ގެ ކުރިން ނަން ނޯޓް ކުރަން ޖެހެއެވެ.
ދިރާގުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، އެ ފަރާތްތަކަށް އިތުރު އަގުތަކެއްގައި ހިތްގައިމު އާ އޮފާތަކާއި އޮޕްޝަންތައް ފޯރުކޮށްދެމުންނެވެ.