އައްޑޫ ސިޓީ ހިތަދޫގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީ މި އެކްސިޑެންޓް ރިޕޯޓް ކޮށްފައިވަނީ، ރޭ 2:42 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަންއިން 25 އަހަރުގެ މީހަކަށެވެ.
ފުލުހުން މައުލޫމަތު ދިން ގޮތުގައި އެމީހާގެ ވާތުފައި ބިންދައިގެން ދިއުމުގެ އިތުރުން އެމީހާގެ ބޯ ފަޅައިގެން ގޮސް ވަނީ އިތުރު އެކި އަނިޔާތައް ވެފައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެންމީހާ އިތުރު ފަރުވައަށް މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ 29 އަހަރުގެ މީހެކެވެ. މިމީހާއަށް އަނިޔާއެއް ވެފައި ނުވި ނަމަވެސް އޭނާ ދުއްވަން އިން ކާރަށް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި ކާރު ދުއްވަން އިން މީހާ އަތުގައިވެސް އަދި ސައިކަލު ދުއްވަން އިން މީހާ އަތުގައިވެސް ލައިސެންސް އޮވެއެވެ.