ޚަބަރު

ސާއިފް ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެ ފޭސް 3 އިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން މިއަދު ހޯދަމުންދަނީ ހއ. ހޯރަފުށި/ ހީރާ، މުހައްމަދު ސާއިފް، 30އ. އެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ހުޅުމާލެ ފުލެޓް 205-2-35 އެވެ. އޭނާއަކީ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރެކެވެ.

ފުލުހުން އެކްސްގައި ކުރިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސާއިފް އެންމެ ފަހުން ފެނިފައިވަނީ ރޭ 9:00 ހާއިރު، ހުޅުމާލެ ފޭސް ތިނަކުން ކަމަށެވެ.

އޭގެ ފަހުން ފުލުހުން ބުނީ ސާއިފް މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ސާއިފް ގެއްލިގެން ހޯދަމުންދިޔަ ހަބަރާއެކު ބައެއް މީހުން ވަނީ ބަޔަކު އޭނާ ރަހީނުކުރި ކަމަށް ބުނެ ވެސް، ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން ބަހެއް ބުނެފައެއް ނުވެއެވެ.