ސްރީ ލަންކާގެ ކޮލަމްބޯގައި ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިއުލާންކޮށްފިއެވެ.
ކޮލަމްބޯގައި ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ވެގެން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ބޭނުންވަނީ ދެ އަހަރުގެ މުއްދަތަށް އެ ހިދުމަތް ދޭނެ ބައެކެވެ.
އެ ހިދުމަތް ދޭން ހުށަހަޅާ ކުންފުންޏެއްގައި ހުންނަންޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި:
މޯލްޑިވިއަން އިން މާލެއާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.