ޚަބަރު

ފުވައްމުލަކުގައި ވާ ގިނަވެ އާންމު އުނދަގުލަކަށް ވެފައިވާތީ ބަޑިޖަހައިގެން މަރަނީ

ފުވައްމުލަކު ސިޓީގައި ވާ ގިނަވެ އާންމު އުނދަގުލަކަށްވެފައިވާތީ ބަޑިޖަހައިގެން ވާ މަރަން ނިންމައިފިއެވެ.

ފުވައްމުލަކު ކައުންސިލުން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ސިޓީގައި ވާ ގިނަވެ ވާލުގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވަމުންދާ ކަމަށެވެ. އަދި ވާލުގެ ސަބަބުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާ ވާލުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންވެ ކައުންސިލުން ވަނީ ވާ މަދު ކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ކައުންސިލުން ބުންޏެވެ.

"މިގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ވާ މަދުކުރުމުގެ ޕްރޮގްރާމެއް 26 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން މި ސިޓީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން 26 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ..،" ފުވައްމުލަކު ކައުންސިލުން ބުންޏެވެ.

ރާއްޖޭގެ ރަށްރަށުގައި ވާ ގިނަވުމުގެ ސަބަބުން މީގެ ކުރިން ވެސް ބަޑި ޖަހައިގެން ވާ މަރައިފައިވެއެވެ.