ޚަބަރު

ގައުމީ ޝިޕިން ލައިނުން އިންޑޮނޭޝިއާއަށް ވެސް ދަތުރުތައް ފަށަނީ

ގައުމީ ޝިޕިން ލައިނުން އިންޑޮނޭޝިއާއަށް ވެސް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑޮނޭޝިއާއަށް ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ.

އެމްއެސްއެސް އިން ދަތުރުތައް ކުރުމަށް މިހާރު ނިންމާފައިވަނީ މާލެ އިން ކޮލަމްބޯ އިން އިންޑޮނޭޝިއާގެ ބެލާވަންއަށެވެ. އަދި އިންޑޮނޭޝިއާގެ ޕޯޓް ކްލާންގް އިން ކޮލަންބޯ އިން އެނބުރި މާލެއަށެވެ.

އެމްއެސްއެސްގެ ފަސް ބޯޓަކުން މިހާރު ދަތުރުތައް ކުރާ އިރު، އެ ބޯޓުތައް ދަތުރުކުރަނީ މެލޭޝިއާ އާއި ކޮލަމްބޯ އަދި ދުބާއީއަށެވެ. އޭގެ އިތުރުން އެ ތަންތަނުން ގެންނަ މުދާތައް އައްޑޫ ސިޓީއަށް ގެންދިއުމަށް ވެސް ދަތުރުތައް ކުރެއެވެ.

ގައުމީ ޝިޕިންގް ކުންފުނި، އެމްއެސްއެސްގެ ހިދުމަތް ރަސްމީކޮށް ފެށީ 2020 ވަނަ އަހަރު އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ.