ކާރަކާއި ލޮރީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުން ހުޅަނގުން އިރަށް ދުއްވާފަދިޔަ ކާރެއް އޯވާޓޭކް ކުރަން އުޅުނު ލޮރީއެއް ކާރުގައި ޖެހި އެކްސިޑެންޓް ވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމުގައެވެ. ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު ޓޯޔާޑުއާ ހިސާބުން ހިނގި މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު 14:16ގައި ކަމުގައެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށާއި، މި ދެ އުޅަނދު ދުއްވަން އިން ޑުރައިވަރުންނަކީ އެ އުޅަނދުތަކުގެ ކެޓަގަރީގެ ލައިސެންސް އޮންނަ ޑުރައިވަރުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.