އިބްރާހިމް ޒަކީ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް މައްސަލައިގެ ތަހުގީގު ނިންމައި ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ، އެއީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން ރާއްޖެ އައި ތިން މީހުން ކަމަށެވެ. އެއީ ޕާކިސްތާނަށް އުފަން، މޮލްވި މުހައްމަދު ހާރޫން (49އ) އާއި ވ. ސިނަމާލެ 4، 3-03 ޝާހިލް މުހައްމަދު (40އ) އަދި ހދ. ކުމުންދޫ/ ނަރުގިސްވިލާ، އަހުމަދު އައްފާނު (25އ) އެވެ.
ފުލުހުން ބުނީ މި މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމައި ދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.