މާލޭ ގެއަކުން 1.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓަލިޖެންސް ޔުނިޓުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާފަންނުގެ ގެއަކުން 1.2 ކިލޯގެ ކެނަބިސް އާއި 454 ގްރާމްގެ ހެރޮއިންގެ އިތުރުން ގްރާމެއް ހަމަނުވާ މިންވަރު ކޮކެއިން އަތުލައިގެންފައިވާ ކަމުގައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
ރޭ މާލޭގެ ގެއަކުން ގިނަ އަަދަދެއްގެ މަސްތުވާތަކެތި އަލުގައިގަތްއިރު، މިމަހުގެ ކުރީކޮޅުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާންގެ ބޯޓެއް ވަނީ އަތުލައިގަނެފައެވެ. އެބޯޓުން 51 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.