ހުޅުމާލޭ ފޭސް ދޭއްގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން، ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ދިވެހި އަންހެނެއް ކަމަށްވެސް ބުންޏެވެ.
ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެފައިވާއިރު، ދެ އެކްސިޑެންޓެއްގައި ދެ މީހަކު ވަނީ މަރުވެފައެވެ.