މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ އިސްމާއީލް، ހދ. ކުޅުދުއްފުށިން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށިން މިއަދު މީހަކު ހައްޔަރުކޮށްފައިވާކަން "ވަން އޮންލައިން"އަށް ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، ހައްޔަރުކޮށްފައިވާ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ފޭދޫ ކައުންސިލްގެ ރައީސް މުސްތަފާ، ކުޅުދުއްފުށީ ބަނދަރުން ހައްޔަރުކޮށްފައިވާކަން އިތުބާރު ހުރި ފަރާތަކުން ވެސް ވަނީ ވަން އޮންލައިނަށް ކަށަވަރުކޮށްދެއްވައިފައެވެ.
ފޭދޫ ކައުންސިލްގެ ރައީސް ކުޅުދުއްފުށީ ބަނދަރުން ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:29 ހާއިރެވެ.