ޚަބަރު

ހުޅުމާލޭ ފްލެޓެއްގެ ފުރަގަހުގައި ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުން ދީފި

1

ހުޅުމާލޭ ފްލެޓެއްގެ ފުރަގަހުގައި ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފްލެޓެއްގެ ފުރަގަހުގައި ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުން ދިން މައްސަލައެއް މިއަދު 18:15ގައި ހުށަހަޅާފައިވާ ކަމަށެވެ.

އެ ކާރަކީ ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ ކާރުކޮޅު ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، އެ ކާރަކީ އޭނާގެ ކާރެއް ކަމަށް ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކާރުގެ ބިއްލޫރިތައް ވަނީ ތަޅާލައިފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟