އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން ދޭއް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
އުރީދޫން މިއަދު ބުނި ގޮތުގައި ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ ގޭމިންގެ ހުނަރުވެރިން އެއްތަނަކަށް ގެނެސް، މި މުބާރާތް ނިމިގެން ދިޔައީ ވަރަށް ފޯރިގަދަ އަދި އުފާވެރި ޝޯޑައުންއަކުން ކަމަށެވެ. މި ސިލްސިލާ ނިންމާލާފައިވަނީ ރާއްޖޭގެ އީސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރަށް ހަރުދަނާވެ، އެންމެ ވާދަވެރި ފަރާތްތަކަށް ބޮޑެތި އިނާމުތަކަކާ އެކުގައި ކަމަށްވެސް އުރީދޫން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި، އެ ކުންފުނިން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފޯރިގަދަ އީސްޕޯޓްސް މުބާރާތްތައް ކުރިއަށްގެންދާނެއެވެ.