ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަންގައި 285 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރު ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިހާބު ބާއްވާފައި ވަނީ، ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ނިޔާވުމުންނެވެ.
ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ އެމްޑީޕީންނާއި ޕީއެންސީންނެވެ.
މިއަދުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންގޮސްފައިވާ އިރު، އެ އިންތިހާބުގައި ވޯޓުލީ 76.09 ޕަސަންޓު މީހުންނެވެ.