ނ. ވެލިދޫގައި ފުލުހުން ހިންގި އެންޓި ޑްރަގް އޮޕަރޭޝަނެއްގައި 1.5 ކިލޯގެ މަސްތުވާތަކެތި ހޯދައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ އެ ތަކެތި އަތުލައިގަތީ ޑްރަގް އެންފޯސްމެންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތް ޕޮލިސް ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވެލިދޫގެ ބައެއް ގޭގެ ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަދި އަތުލައިގެން މަސްތުވާތަކެއްޗާއެކު 50000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހަތް މީހަކު ހައްޔަރުކުރިއެވެ. އެ އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލައިފައެވެ. އެ މީހާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހުންނަކީ:
ފުލުހުން ބުނީ، އެ މައްސަލައިގައި މުރުޝިދުގެ ބަންދަށް އަށް ދުވަސް، ނިޝާދު، އާސިމް، ނައުޝާދު، އަލީ ރަޝީދު އަދި މާއިދުގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.