މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިކަމުގެ އެވޯޑް ދިނުމަށް ބާއްވާ ހަފުލާ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
އެމްއެމްސީ އިން މިއަދު ބުނީ އެ ހަފުލާ ބާއްވާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒަހީރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސް ހޯލުގައި އެ ރޭ 20:30 ގައި ކަމަށެވެ.
ނޫސްވެރިިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތަ މިދިޔަ ޖުލައި މަހުގެ 11 އަށް ހަމަވެފައިވާއިރު މިފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 18 ދާއިރާއަކުން 86 ހުށަހެޅުން ލިބިފައިވެއެވެ.
އެމްއެމްސީން ބުނެފައިވަނީ އެ ދާއިރާތަކުގެ ތެރެއިން އޯޑިއޯ ޖާނަލިޒަމް އާއި އަތޮޅު ތެރޭގެ އެންމެ މޮޅު އުފެއްދުން ފިޔަވައި ހުރިހާ ދާއިރާތަކަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.