ހުޅުމާލެ ފޭސް 2ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދެ ބަސް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބެއް ފުލުހުން ނުބުނެއެވެ.
ފުލުހުން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ތަފާސްހިސާތަކުގައިވާ ގޮތުން މި އަހަރު މިހާތަނަށް ރާއްޖޭގައި 1،907 އެކްސިޑެންޓް ހިނގާފައިވެއެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 431 އެކްސިޑެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 1،907 އެކްސިޑެންޓެވެ.
ތަފާސްހިސާބުގައިވާ ގޮތުން މި އަހަރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާޗު މަހުގައެވެ. އެ މަހު 301 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި އެވްރެޖުކޮށް މަހަކު 200 އެކްސިޑެންޓް ހިނގާފައިވެއެވެ.
މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުމާ ގުޅިގެން ފުލުހުން ވަނީ މަގުމަތީގެ ޓްރެފިކް ބެލެހެއްޓުން ކުރިއަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ.