ޚަބަރު

ގެސްޓް ހައުސްއެއް ތެރޭ ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ، އައިސީޔޫގައި ފަރުވާދެނީ

ހެންވޭރު ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ ދިވެއްސެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލި އިރު ޒަހަމްވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ހަބަރެއް ނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން މިއަދު އެޓެންޑުވެފައިވާ ކަމަށާއި އޭނާ އުޅޭ ކޮޓަރިއަށް ވަދެ ބެލި އިރު ޒަހަމްތަކާ އެކު އޮއްވައި އޭނާ ފެނިފައިވާ ކަމަށެވެ. ނަމަވެސް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ، އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޒަހަމްތަކާ އެކު ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އިތުރަށް ބުނީ އެ ސީންގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.