އުރީދޫ މޯލްޑިވްސްގެ 5ޖީ ގެ ހިދުމަތް ރާއްޖޭގެ 60 ޕަސަންޓަށް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ،
އުރީދޫން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ 60 ޕަސަންޓަށް އުރީދޫގެ 5ޖީ ހިދުމަތް ލިބޭނެ ކަމަށެވެ.
މާލޭގެ އިތުރުން އުރީދޫގެ 5ޖީ ހިދުމަތް ރާއްޖޭގެ 22 ރަށަކަށް ލިބެއެވެ.
އުރީދޫން 5ޖީގެ ހިދުމަތް ތައާރަފުކުރީ އެ ކުންފުނީގެ ނުވަވަނަ އަހަރީ ދުވަހު، 2022 ގައެވެ. ފުރަތަމަ އެ ހިދުމަތް ތައާރަފުކުރީ މާލެ އަށެވެ. ރާއްޖޭގެ 60 ޕަސަންޓަށް އުރީދޫގެ 5ޖީގެ ހިދުމަތް މިހާރު ލިބޭ އިރު، އެ މަސައްކަތުގެ ފޭސް ތިނެއްގައި 100 ޕަސަންޓު ކަވަރޭޖު ހާސިލުކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.