ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ބުނީ، އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ހައިވޭ ކައިރީ ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރިން ކަމަށެވެ. އެކްސިޑެންޓުގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.
ހުޅުމާލެ ފޭސް 2ގައި މިއަދު ހެނދުނުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެ އެކްސިޑެންޓް ހިނގީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. ސީރިއަސް އަނިޔާތަކެއް ލިބުނީ ސައިކަލު ދުއްވަން އިން މީހާއަށެވެ.