ފުލުހުންގެ ޓޯޔާޑު ތެރޭގައި އުޅަނދުތަކެއް އުކާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ މޭރީބްރައުން ފަހަތުގައި ހުންނަ ޓޯޔާޑަށް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާ މަންޒަރެވެ. ވީޑިއޯގައި ދެ ސައިކަލެއް ވައްޓާލާ މަންޒަރު ފެނެއެވެ.
އެ ވީޑިއޯއާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ވެހިކަލްތަކަކީ ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހުޅުމާލެ އިން ގެނެސްފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ. އަދި އިއްޔެ އެކަނިވެސް 500 ވެހިކަލް ނައްތާލުމަށް ގެންގޮސްފައިވާނެ ކަމަށް ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ: