އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސް ރޭސްގެ ޅ. ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު މަސް ރޭސް އިތުރަށް ކުލަގަދަކޮށް ބޭއްވުމަށް ނައިފަރުގެ އިތުރުން ކ. ހިންމަފުށި އަދި ގދ. ތިނަދޫގައި ވެސް މުބާރާތް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.
ނައިފަރު މަސް ރޭހުގައި 18 ޓީމަކުން ރަޖިސްޓްރީ ކުރި އިރު، މުބާރާތް ކުރިއަށް ގެންދިޔައީ އިއްޔެއެވެ. ވާދަވެރިކޮށް ކުރިއަށްދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ހުސްބުޅި ޓީމުން ހޯދީ ޖުމުލަ 921.4 ޕޮއިންޓާއެކުއެވެ.